މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާޢިލް ޢަބްދުއްލަޠީފް - ފޮޓޯ: މިހާރު

ހައްޖަށް ގެންދަން ނެގި ފައިސާއަށް ހިޔާނަތްތެރިވި މަލީޝާގެ ވެރިޔާ 8 އަހަރަށް ޖަލަށް

މަލީޝާ ހައްޖު ގްރޫޕުން ހައްޖަށް ގެންގޮސްދޭނަކަމަށް ބުނެ އެތައް ބައެއްގެ އަތުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާ އެ ފައިސާއަށް ހިޔާނަތްތެރިވި ކުށުގައި އެ ޖަމާއަތުގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު 8 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އިސްމާއިލް އަބްދުއްލަތީފާއި ދެކޮޅަށް ދައުވާކުރީ 1433 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނަކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެމީހުން ހައްޖަށް ގެންގޮސްނުދީ އެ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ކުށުގައެވެ.

ހައްޖަށް މީހުން ގެންގޮސްދޭނަކަމަށް ބުނެ އެކި މީހުން އަތުން 8 މިލިއަން 6 ލައްކަ 26 ހާސް ރުފިޔާ އިސްމާއިލް އަބްދުއްލަތީފު ނަގާފައިވެއެވެ.

މި މައްސަލަ ނިންމާ ކްރިމިނަލްކޯޓުން އިއްވި ހުކުމުގައި ވަނީ ހައްޖަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެފައިސާ އަށް އިސްމާއިލް އަބްދުއްލަތީފު ހިޔާނަތްތެރިވެފައިވާކަމަށް އެނާ އިިއުތިރާފުވާކަމަށެވެ. އަދި އެ މީހުން ހައްޖަށް ގެންގޮސްފައިނުވާއިރު އެމީހުން އަތުން ނެގި ފައިސާ މިހާތަނަށް ހަވާލުކޮށްފައި ނުވާކަމަށްވެސް ކްރިމިނަލްކޯޓްގެ ހުކުމުގައި ވެއެވެ.

އޭނާގެ އެ އަމަލުތަކަކީ ހިޔާނަންތެރިވުންކަމަށް ބެލެވޭނެކަން މި މައްސަލާގައި ހުށައަޅާފައިވާ ލިޔެކިޔުންތަކުންނާއި ހެކިންގެ ހެކިބަހުން ސާބިތުވާތީ އިސްމާއިލް އަބްދުއްލަތީފު 8 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.

އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުން ނަމަވެސް އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެހެންކަމުން އެނާގެ މައްޗަށް އިއްވި ހުކުމްގެ އަދަބު ވަނީ ލުއިވެފައެވެ.

ހައްޖަށް ގެންގޮސްދޭނެކަމަށް ބުނުމުން މަލީޝާ ގްރޫޕުން ފައިސާ ދެއްކި މީހުންނަށް ހައްޖަށް ދެވޭނެ ގޮތެއް ނެތިފައި ތިއްބާ އެމީހުން ފަހުން ހައްޖަށް ގެންގޮސްދިނީ ސަރުކާރުގެ ހަރަދުގައެވެ.

ހައްޖަށް ދިޔުމަށް މަލީޝާ އަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރޭގައި ގއ. ކޮލަމާފުށީ ކައުންސިލް މެމްބަރު އަދުނާން ހަސަން ވެސް ހިމެނިވަޑައިގެންނަވަ އެވެ. އަދި ހައްޖަށް ދިއުމަށް އެޖަމާއަތަށް އެންމެ ގިނަ އިން ފައިސާ ދައްކާފައި ވަނީ ތ. ގުރައިދޫ އަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގެ އެކި ރަށްތަކުން އެ ޖަމާއަތަށް ފައިސާ ދައްކާފައިވާއިރު އިންޑިއާގެ ދެ މީހަކު ވެސް ހައްޖަށް ދިޔުމަށްޓަކައި މަލީޝާ ޖަމާއަތަށް ފައިސާ ދައްކާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    thivaru kuda, thikahala saithaanun **** jeheyny hukum kuran.. Allah mi saithaanah launaiy lahvaashi, Aameen

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ