ހަޒާޑު ޗެލްސީގައި އުޅުނު ދުވަސްވަރު އޭނާ ބޭނުންވެގެން ފްރާންސްގެ ޕީއެސްޖީއިން އެތަށް ހުށަހެޅުމެއް ހުށަހެޅިކަމަށާއި ނަމަވެސް އެހުރިހާ ހުށަހެޅުންތަކަށްވެސް ނޫނޭކޭ ބުނެފައިވާނެކަމަށް މިހާރު ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ހަޒާޑު ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ހަޒާޑަށް ޕީއެސްޖީއިން ލޯ އަޅަމުން ދިޔަނަމަވެސް ހަޒާޑު ބޭނުންވީ ފްރާންސްގެ އޭނާގެ ކުރީގެ ކްލަބު ލިލޭ ނޫން އެހެން ކްލަބަކަށް ބޭނުން ނުވީއެވެ. ހަޒާޑު ލިލޭއަށް 200 އާއި ގާތްކުރާވަރަށް މެޗު ކުޅެދީފައިވާއިރު، ލިލޭއާއެކު ފްރާންސް ލީގާއި ކަޕް ކާމިޔާބުކޮށްފައިވެއެވެ.
"ޕީއެސްޖީއިން އަހަރެން ބޭނުންވި. އެކަމު އަހަރެން އެނބުރި ލީގު 1 އަށް ދާން ބޭނުންނުވީ. އަދި އެލީގުގައި ލިލޭ ނޫން އެހެން ކްލަބަކަށް ކުޅެން ބޭނުން ނުވީ." ހަޒާޑު ބުންޏެވެ.
2012 ވަނަ އަހަރުގެ ޖުލައި މަހު ޗެލްސީއާއި ގުޅުނު ހަޒާޑް އިންގްލޭންޑްގައި މޮޅު ކުޅުމެއްދެއްކުމަށްފަހު ސްޕެއިންގެ ރެއަލްމެޑްރިޑާއި ގުޅުނީ މިމިދޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. އެހެންނަމަވެސް ޕްރީސިޒަންގައި ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަންގެ ކުރީކޮޅު ހަޒާޑުހުރީ ކުޅުމާއި ދުރުގައެވެ.
ރެއަލްމެޑްރިޑުން އެންމެފަހުން ކުޅުނު މެޗުގައި ހަޒާޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، މިއީ ސްޕެއިން ފުޓްބޯޅަ ހަޒާޑުއަށް ދަސްވަމުން އަންނަ ކަމުގެ ރަނގަޅު ނިޝާނެކެވެ.
ލަލީގާގައި ރެއަލްސޮސިޑޭޑްއާއި ދެކޮޅަށް އަންނަ ހޮނިހިރުދުވަހުގެ ރޭ ރެއަލްމެޑްރިޑުން ނުކުންނައިރު، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ދެކޮޅަށް ރެއަލްމެޑްރިޑް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.



