ނޭމާގެ މެޑްރިޑް ދަތުރާއެކު ކޯޗު ހިތްހަމަ ނުޖެހިފައި

މެޑްރިޑަށް ނޭމާ ކުރި ދަތުރުގެ ސަބުބުން އެކަމާއި ހިތްހަމަނުޖެހިފައިވާކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ނޭމާ މެޑްރިޑަށް ގޮސްފައިވަނީ ސްޕެއިންގައި މިމަހުގެ 18 ން މިމަހުގެ 24 އަށް ކުރިއަށް ދާ ޑޭވިސް ކަޕް ފައިނަލްސް ބަލާލުމަށެވެ. މިދިޔަ އިންޓަނޭޝަލް ބްރޭކްގައި ގެސްޓެއްގެ ގޮތުގައި ނޭމާ މިމުބާރާތް ބަލާލުމަށް ގޮސްފައިވާއިރު، ބާސެލޯނާގެ ޑިފެންޑަރު ޖެރާޑު ޕީކޭގެ އިތުރުން ޖޯޑި އަލްބާވެސް ނޭމާއާއެކު މިމުބާރާތް ބަލާލުމަށް ގޮސްފައިވެއެވެ.

"އަހަންނަށް އެކަމާ ކުރެވޭނެ ކަމެއްނެތް. އަހަންނަކީ އޭނާގެ ބައްޕައެއް ނޫން. އަދި ފުލުހެއްވެސް ނޫން. އަހަންނަކީ އޭނާގެ ކޯޗު." ނޭމާގެ ދަތުރާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޓުޗެލް ބުންޏެވެ.

މީގެއިތުރުން ޓުޗެލް ބުނީ، ކޯޗެއްގެ ޙައިސިއްޔަތުން ނޭމާގެ ދަތުރާއި މެދު އޭނާ ހިތްހަމަ ނުޖެހޭކަމަށާއި، ނަމަވެސް މިދިޔަ ދެހަފްތާ ތެރޭގައި އެހެން ކުޅުންތެރިންނާއި ޚިލާފަށް ނޭމާގެ ފަރާތުން ރަނގަޅު އާދަތަކެއް ފެނިފައިވާކަމަށެވެ.

ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި ނޭމާ ބައިވެރިވާން ފައްޓާފައިފައިވާއިރު، މިރޭ ލިލޭއާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗުގައި ނޭމާ ފެނުން ވަރަށް ގާތެވެ. ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ އޮކްޓޯބަރު ކުރީކޮޅު ކުޅުމާއި ދުރުގައިހުރި ނޭމާވަނީ އޭގެކުރިން ޕީއެސްޖީ އެތަށް މެޗަކުން ސަލާމަތްކޮށްދީފައެވެ.

8 ޕޮއިންޓްގެ ތަފާތަކާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ