އަޙްމަދު ނިހާން ޙަސަން މަނިކު - ފޮޓޯ: މިހާރު

ނޯށުން ރޯންޖެހޭ ދުވަސް އަންނާނެ ވާހަކަ މަޖިލިސް ކެމްޕޭނުގައި ބުނިން - ނިހާން

ނޯށުން ރޯންޖެހޭ ދުވަސް އަންނާނެ ވާހަކަ މަޖިލިސް ކެމްޕޭންތެރޭގައި ބުނެފައިވާނެކަމުގައި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ޙަސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓާއި ގުޅިގެން ޖަމިއްޔަތު ސަލަފް އުވާލުމުގެ މަސައްކަތް ޖަމިލިސް ތެރެއިން ފަށައިފައި ވަނިކޮށް އެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ކަންތައްތައް މިހާރު ވަމުންދާ ގޮތުން ރައްޔިތުން ނޯށުން ރޯލަން ޖެހޭ ދުވަސް އައިސްފައިވާކަމަށެވެ.

މިވާހަކައަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ މަޖިލިސް އިންތިޚާބުގެ ކެންޕެއިން ދުވަސް ވަރު އެމްޑީޕީ އަށް ތާއީދު ހޯދުމަށް ޝޯޝަލްމީޑިއާގައި އަވަދިވި ފުންނާބު އުސް ދެ ޝެއިޚަކާ ދިމައަށް މިދުވަސް ލަހެއް ނުވެ އަންނާނެކަން ހަނދާންކޮށްދީފައި ވާނެކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރާއި ސަލަފްއާ ގުޅުން އޮތްކަމަށްބުނެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގައި މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވަނީ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ޑރ. އަފްރާޝީމް ޢަލީގެ މަރާ، ސަލަފް އާ ގުޅުވައި ދައްކަމުންދާ ހުރިހާ ވާހަކައެއް އެ ޖަމިއްޔާ އިން ވަނީ ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މ.މ. އ

    ކާކުތަ ކުށެ އް ކޮށްފަ ކުރިކަމަށް ބުނަނީ

  2. Faree

    Nihaan thihiree coalition ga faadu faadu vaahaka nudhahkaa seytu rulhiaruvan

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ