ވަގަށް ނަގާފައިވާ ފޯނެއް ވިއްކަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ފޯނެއް ބިދޭސީއަކަށް ވިއްކަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ހުޅުމާލެ ޕޮލިސްއިން މިއަދު 06:18 އެހާކަންހާއިރު ޕެޓްރޯލް ކުރަމުން ދިޔައިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް ބިދޭސީއަކަށް ވިއްކަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރާއި 31 އަހަރު ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުން ރޭ ވެސް ވަނީ ގިނަ ސާމާނުތަކެއް ވަގަށް ނަގައިގެން އުޅުނު ޒުވާނަކު ހައްޔަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ