ޤާނޫނާއި ޚިލާފުވި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި "ރޫޓިންގ އިންސްޕެކްޝަން" އެއްގައެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެން އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަބްދުލް ހައްނާނު ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ ބަނގްލަދޭޝް ރައްޔިތެއްކަމަށެވެ.
އޭނާ މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.
ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.



