ސަލަފުން މުޅިން އައު މަޖައްލާއެއް ނެރެފި

ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން މުޅިން އަލަށް އައު މަޖައްލާއެއް ނެރެފިއެވެ.

ދާރިސް“ ގެ ނަމުގައި ރޭ ނެރުނު މި މަޖައްލާއަކީ ޝަރުޢީ އަދަބީ އިޖްތިމާޢީ އަދި ސިޔާސީ ދާއިރާތަކާ ގުޅޭ ތަފާތު މަޒުމޫނުތައް ހިމަނައިގެން ނެރޭ ޢިލްމީ މަޖައްލާއެކެވެ.

ދާރިސް މަޖައްލާގެ މުޙައްރިރު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމު ވިދާޅުވެފައިވަނީ، މިމަޖައްލާއަކީ ހޭލުންތެރި އަދި ކިޔުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ނެރޭ މަޖައްލާއެއްކަމަށާއި، މި މަޖައްލާގައި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ އިތުބާރު ހިފޭ ޢިލްމުވެރިންގެ ލިޔުންތައްވެސް ހިމެނޭނެކަމަށެވެ އަދި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެކަމަށްވެސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމު ވިދާޅުވިއެވެ.

ދާރިސް މަޖައްލާ އަކީ ސަލަފާއި މީޑިޔާ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނެއްކަމަށްވާ ”ސަމީކު ޕުރައިވެޓް ލިމިޓެޑާ “ ގުޅިގެން ކޮންމެ ދެމަހަކުން އެއްމަހު ނެރޭ މަޖައްލާއެކެވެ.

މި މައްޖަލާގެ ފުރަތަމަ ޢަދަދު ރޭ ނެރެފައިވަނީ ސަލަފުގެ ފޭސްބުކު ޕޭޖުން ގެނެސްދިން ހަފްތާ ޕޮރޮގްރާމުކަމަށްވާ ”އިސްލާމީ ވެށީ“ގެ ޕޮރޮގްރާމުގައެވެ.

މި މަޖައްލާގެ އަގަކީ އެންމެ 40 ރުފިޔާއެވެ. އަދި މަޖައްލާ ގަންނަން ބޭނުންވާ ފަރާތްތަކުން 7778695 ނަންބަރު ފޯނަށް ގުޅުމަށްވެސް ސަލަފުން އެދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ