ހެވީމެޓަލް މިއުޒިކަށް ރާއްޖޭގައި ހުއްދަ ދެވިގެންނުވާނެ: ސަލަފްގެ ރައީސް

ހެވީމެޓަލް މިއުޒިކަށް ރާއްޖޭގައި ހުއްދަދެވިގެން ނުވާނެކަމަށް ޖަމްއިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަލަފުގެ ރައީސް މިފަދައި ވިދާޅުވެފައި މިވަނީ، ރާއްޖޭގައި މެޓަލް ބޭންޑުތަކަށް ހިތްވަރުދީ އެފަރާތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބައެއް ކަމަށްވާ މެޓަލް ވޯސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެވީ މެޓަލް މުބާރާތެއް ފަށައިގެން ކުރިއަށް ގެންދަމުންދާތީވެ، އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ހެވީމެޓަލް މިވައްތަރުގެ މިޔުޒިކް ބިނާވެފައިވަނީ ޝައިޠާނާއަށް އަޅުކަންކޮށް،ފާޅުގައި ﷲއަށް އުރެދި، މަސްތުވާތަކެއްޗާ،ފާޙިޝްކަންކަމަށް ޞަރީޙަ ޢިބާރާތުން ދަޢުވަތު ދިނުގެ ނުބައި ފަސާދައިގެ މައްޗަށެވެ.މިކަންކަމަށް ރާއްޖޭގައި ހުއްދަދެވިގެންނުވާނެ!" އިސްލާމިކް މިނިސްޓްރީގެ ޓުވިޓަރ ޓެގްކުރައްވައި އަބްދުﷲ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ