ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ކުރީކޮޅުން ފެށިގެން ކުޅުމާއި ދުރުގައިހުރި ނޭމާ އެނބުރިއައި މެޗުގައި ޕީއެސްޖީ ފަސޭޙަކަމާއެކު ލިލް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 އިން ނޭމާ ފެނިގެން ގޮސްފައިވާއިރު، ކަވާނީ އަދި އެމްބާޕޭ ހުރީ ބެންޗްގައެވެ. ނަމަވެސް އެދެކުޅުންތެރިންވެސްވަނީ ދެވަނަ ހާފުގައި ކުޅެފައެވެ.
ޕީއެސްޖީގެ ފުރަތަމަ މެޗުގެ 17 ވަނަ މިނަޓްގައި ފެނިގެންދިޔައި މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ލޯނެއްގެ ދަށުން އެކްލަބަށް ކުޅެމުން އަންނަ މައުރޯ އިކާޑީއެވެ. އިކާޑީވަނީ ޕީއެސްޖީއަށް އެންމެ ފަހުން ކުޅުނު 8 މެޗުން 9 ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިމާރިއާވަނީ އިތުރު ލަނޑެއްޖަހައިދީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު މިނަތީޖާއާއެކު ނިމިގެން ގޮސްފައިވާއިރު، ދެވަނަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ރޭގެ މޮލާާއެކު ޕީއެސްޖީވަނީ ތާވަލްގެ ދެވަނާގައި އޮތް މާސެއިލްއަށްވުރެ 11 ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ. 14 މެޗުން 33 ޕޮއިންޓް ޕީއެސްޖީއަށް ލިބިފައިވާއިރު، މާސެއިލްއަށް ލިބިފައިވަނީ 13 މެޗުން 22 ޕޮއިންޓެވެ.



