ހަރުކަށި ފިކުރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެ - ޖެންޑަރ މިނިސްޓަރ

ހަރުކަށި ފިކުރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވޭ ހިނގާލުމެއްގެ ތެރޭން ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައި ބައެއް ފަރާތްތަކުން އެ ފޮޓޯގައި ފެންނަނީ ޝިދާތާކަމަށް ބުނެ ވާހަކަތަކެއް ފެތުރެމުން ދަނިކޮށެވެ.

ޝިދާތާ ވިދާޅުވެފައިވަނީ ފޮޓޯގައިވާ ފަރާތަކީ އޭނާކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާންމުކުރާތީ ހިތާމަކުރާކަމަށާއި، ހަރުކަށި ފިކުރު ފަތުރައި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ޑރ. އަފްރާޝީމް ޢަލީއާއި، އަޙްމަދު ރިޟްވާންގެ މަރުގެ ރިޕޯޓްގައި އެ ދެ ފަރާތުގެ މަރާ ގުޅިފައިވަނީވެސް ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލާގައި ސަލަފް ޖަމިއްޔާއާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއަށްވެސް ޖަމިލީހުގެ ކޮމެޓީން ވަނީ ތުހުމަތު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ