ބޭލްއާއި ދިމާކުރުން ހުއްޓާލަން ސަޕޯޓަރުން ފަރާތުން ޒިދާން އެދިއްޖެ

ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ގެރެތު ބޭލްއާއި ދިމާކުރުން ހުއްޓާލަން ސަޕޯޓަރުން ފަރާތުން އެކްލަބުގެ ކޯޗު ޒިނެދިން ޒިދާން އެދިއްޖެއެވެ.

މިދިޔަ އޮކްޓޯބަރމަހު އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ކުޑަކަޅުވާއަށް ލިބުނު އަނިޔާއަށްފަހު ފުރަތަމަ ފަހަރަށް ރެއަލްމެޑްރިޑް މެޗަކުން ފެނުނު ބޭލްގެ ފަރާތުން ރޭ މޮޅުކުޅުމެއް ފެނިފައިވާއިރު، އޭނާ ރޭގެ މެޗުގައި ކުޅެފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

މިދިޔަ ހަފްތާ ބަންދުގައި ވޭލްސްގެ ޤައުމީޓީމާއެކު ހަންގޭރީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު އުފާފާޅުކުރަމުން ބޭލްވަނީ މީސްމީޑިއާގައި އޭނާއާއި ބެހޭގޮތުން ދެކެވޭ ވާހަކަތަށް ފެންނަ ބެނާއާކާއެކު ފޮޓޯވެސް ނަގާފައެވެ. އެއަށްފަހު ރެއަލްމެޑްރިޑްގެ ސަޕޯޓަރުންނާއި ބޭލްއާއި ދެމެދު އޮތް ގުޅުން ވަރަށްވަނީ ގޯސްވެފައެވެ.

ރޭގެ މެޗުގައިވެސް ބޭލްއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ސަޕޯޓަރުން އޭނާއާއި ދިމާކުރަން ފަށައެވެ.

"ސީޒަން ފެށިގެން ނިމެންދެން ސަޕޯޓަރުންނަކީ ޓީމަށް ވަރަށް މުހިންމު ބައެއް. ރޭގައި ހިނގަ ކަންތައް ސީޒަން ނިމެންދެން ތަކުރާރުނުވާނެކަމަށް އުންމީދުކުރަން." ޒިދާން ބުންޏެވެ.

މީގެިއތުރުން ޒިދާން ބުނީ، މިއީ ނާއިންސާފުކަމަށް ބުނެވެންވެސް ނެތްކަމަށާއި، އެމީހަކު ބޭނުން އެއްޖެއް ކިއުމުގެ ޙައްޤު އޮންނާނެކަމަށެވެ.

ރޭ ރެއަލްސޮސިޑޭޑް އާއި ދެކޮޅަށް ކުޅުނު މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ރެއަލްމެޑްރިޑްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ބެންޒެމާ، ފެޑެރީކޯ އަދި މޮޑްރިޗެވެ. ރެއަލްސޮސިޑޭޑް ހަމައެކަނި ލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ވިލިއަން ޖޯސޭއެވެ. މިމޮޅާއެކު ރެއަލްމެޑްރިޑްވަނީ 28 ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައި ހިފަހައްޓާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ