ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ދަނޑުވެރިކަމުގެ މުދަލުން ވަގުތުން ޓެކްސް ކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ޗައިނާއަށް ގޮވާލައިފިއެވެ.
ޓުރަމްޕް ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ދަނޑުވެރިކަމުގެ މުދަލުން ޓެކްސް ކަނޑާލުމަށް ޗައިނާގައި އެދިފައިވާނެ ކަމަށާއި މިކަމަށް އެދުނީ ދެގައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ ކާމިޔާބު ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
I have asked China to immediately remove all Tariffs on our agricultural products (including beef, pork, etc.) based on the fact that we are moving along nicely with Trade discussions....
— Donald J. Trump (@realDonaldTrump) March 1, 2019
އެމެރިކާއިން މީގެ ކުރިން ނިންމައިފައިވަނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 250 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޓެކްސް ނެގުމަށެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވެމުންދާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިޓެކްސް ނެގުންވަނީ މަޑު ޖައްސާލައިފައެވެ.
މިދިޔަ މަހު ޓުރަމްޕް ބުނެފައިވަނީ ޗައިނާ އާއެކު ވިޔަފާރީގެ އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމާއި ގުޅޭ މަޝްވަރާތައް ދަނީ ވަރަށް ކާމިޔާބު ކޮށް ކަމަށެވެ.