ޗާލީ މެކްޑޯވަލް އަދި އެމީލިއާ ކްލާކް

ޗާލީ މެކްޑޯވަލް "މަދާ އޮފް ޑްރެގަން" އަށް ބޭވަފާތެރިވީތަ؟

ޗާލީ މެކްޑޯވަލް އަދި އެމީލިއާ ކްލާކްއާ ދެމީހުންގެ ލޯބީގެ ގުޅުން ފެށުނުތާ ކުޑަދުވަސް ކޮޅެއްވަފައިވާއިރު މިގުޅުން މިހާރު ނިންމާލައިފިވާކަމަށް ގިނަ ސަޕޯޓަރުން ޝައްކުކުރަން ފަށައިފިއެވެ.

މިޖޯޑުގެ ގުޅުން ސަޕޯޓަރުންނަށް އަންގާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިންސްޓްގްރާމް މެދުވެރިކޮށެވެ. ނަމަވެސް މިޖޯޑު އެކުގައި ފެނިފައިވަނީ މަދު ހަފްލާއަކުންނެވެ.

މިކަމާ ގުޅިގެން މިއީ ތެދެއްކަމެއް ނުވަތަ ނޫންކަމެއް މެކްޑޯވަލް އަދި އެމީލިއާވެސް ކަށަވަރުކޮށްދީފައެއްނުވެއެވެ. ނަމަވެސް ސަޕޯޓަރުން އަންނަނީ މިކަމުގެ އެންމެ އަޑިއަށް ފީނަމުންނެވެ.

ސަޕޯޓަރުންނަށް މިކަން ޝައްކުވާންފެށީ މެކްޑޯވަލް އަދި އެމީލިއާ އެކުގައި އިންސްޓަގްރާމް ކޮށްފައިވާ  ފޮޓޯތައް މެކްޑޯވަލް ނެގި ހިސާބުންނެވެ. އަދި މެކްޑޯވަލް ވަނީ އެމީލިއާ އަންފޮލޯވެސް ކޮށްފައެވެ. ނަމަވެސް އެމީލިއާ އަދިވެސް މެކްޑޯވަލް އިންސްޓަގްރާމްއިން ފޮލޯކުރެއެވެ.


ޗާލީ މެކްޑޯވަލް ކުރި ކަމަށް ބުނާ ޓްވީޓް

މީގެ އިތުރުން މިކަމާއި ގުޅިގެން އެމީލިއާ ފޭން ބޭސް އަކަށް މެކްޑޯވަލްކުރި ޓްވީޓެއް ފަހުން ޑިލީޓްވެސް ކޮށްލާފައިވެއެވެ. މިޓްވީޓްގައި ސަޕޯޓަރުންނަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށާއި މެކްޑޯވަލްއަށް އުނދަގޫ ނުކުރުމަށާއި އޭނާ އެކަނި ދޫކޮށްލުމަށް ސަޕޯޓަރުން ކައިރިން އެދިފައިވެއެވެ. އަދި މިއީ ތިމަންނަގެ ނިންމުމެއް ނޫންކަމަށް މެކްޑޯވަލް އެޓްވީޓްގައި ބުނެފައިވާއިރު މިކަމުގެ އަސްލު ހަޤީގަތެއް ސަޕޯޓަރުންނަކަށް ނޭނގެއެވެ.

އެމީލިއާއަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ސިއްރުކޮށްގެން ގެންގުޅޭ ތަރިއަކަށްވާއިރު މިކަމާއި ގުޅިގެން އެމީލިއާގެ ބަހެއް ލިބޭނެކަމަކަށް އުއްމީދެއް ނުކުރެވެއެވެ. މިކަހަލަ ކަމެއް ހިނގާފައިވާނަމަ ހުރިހާވެސް އުއްމިދަކީ "މަދާ އޮފް ޑްރެގަން" ހެޔޮހާލުގައި ހުރެމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ