އެމްބާޕޭ އާއެކު ރެއަލްމެޑްރިޑަށް ކުޅެލަން ފުރުޞަތު ލިބުމަކީ ލިބޭނެ ބޮޑު އުފަލެއް: ހަޒާޑު

ކީލިއަން އެމްބާޕޭ އާއެކު ރެއަލްމެޑްރިޑަށް ކުޅެލަން ފުރުޞަތު ލިބުމަކީ ލިބޭނެ ބޮޑު އުފަލެއްކަމަށް އެކްލަބުގެ ކުރިއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަތި އެޑެން ހަޒާޑު ބުނެފިއެވެ.

ހަޒާޑު ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށްވުމުގެ ހުނަރާއި ޤާބިލުކަން އެމްބާޕޭ ކިބައިގައި އެބަހުއްޓެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މީގެ ހަތަރު އަހަރުކުރިން މޮނާކޯއިން ކުޅެން ނުކުތް އުމުރުން 20 އަހަރުގެ އެމްބާޕޭއަކީ މިހާރު ދުނިޔޭގައި ހުރި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މިހާރުވެސް 9 ތައްޓެއް އުފުލާލާފައިވާ އެމްބާޕޭ ލީގު 1 ތަށި 3 ފަހަރު އަދި ވޯލްޑްކަޕްގެ ތަށި އެއްފަހަރު އުފުލާލާފައިވެއެވެ. ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އެމްބާޕޭއަކީ އެއަހަރުގެ މުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާއެވެ.

"އެމްބާޕޭއާއެކު ރެއަލްމެޑްރިޑަށް ކުޅެން ވަރަށް ބޭނުން. އޭނާއަކީ ހުނަހުރި ޒުވާން ކުޅުންތެރިއެއް، ކުރިއަށްއޮތް މަދު އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށް އެމްބާޕޭ ވެގެންދާނެ." ހަޒާޑު ބުންޏެވެ.

ޚުދު އެމްބާޕޭ ވެސް ރެއަލްމެޑްރިޑަށް ކުޅެން ބޭނުންވާއިރު، އެމްބާޕޭގެ މައްސަލާގައި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ނުފޫޒު ފޯރުވާ ކަމަށް ބުނެ އޭނާ އަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ދާދިފަހުން ވަރަށް ބޮޑަށް ފާޑުކިޔައިފައިވެސް ވެއެވެ.

މޮނާކޯ އިން މީދެ ތިން ސީޒަން ކުރިން ވިދާލި އެމްބާޕޭ، ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން އެ އެއްބަސްވުން ދާއިމީކުރަން ޕީއެސްޖީން ވަނީ 180 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން މިހާތަނަށް ޕީއެސްޖީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ