ޕީއެސްޖީއާއެކު ނޭމާ އަދި އެމްބާޕޭވެސް މެޑްރިޑަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ރެއަލްމެޑްރިޑާއި ދެކޮޅަށް ނުކުންނަ މެޗަށް މެޑްރިޑަށް ދަތުކުރާ ޕީއެސްޖީ ޓީމުގައި ނޭމާ އަދި އެމްބާޕޭވެސް ހިމަނައިފިއެވެ.

ޕީއެސްޖީން އެންމެފަހުން ކުޅުނު މެޗުގައި އެމްބާޕޭ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކޮށްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ކުރީކޮޅުން ފެށިގެން ކުޅުމާއި ދުރުގައިހުރި ނޭމާވަނީ ފުރަތަމަ 11 ގައި ހިމަނާފައެވެ.

ލީގު 1 ގައި ލިލް އާއި ދެކޮޅަށް ކުޅުނު ޕީއެސްޖީ ޓީމުގައި ހިމެނިފައިނުވާ މާކޯ ވެރާޓީވެސްވަނީ ޕީއެސްޖީގެ ސްކޮޑްގައި ހިމަނާފައެވެ. ރެއަލްމެޑްރިޑަށް ޕީއެސްޖީ ވަރުގަދަ ސްކޮޑާއެކު ދާއިރު، މިސްކޮޑުގައި، އެމްބާޕޭ، ނޭމާ، ކަވާނީ، ޑިމާރިއާ އަދި އިކާޑީވެސް ހިމެނެއެވެ.

ރެއަލްމެޑްރިޑާއި ދެކޮޅަށް ޕީއެސްޖީ ނުކުން ފޯރިގަދަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޕީއެސްޖީ ގްރޫޕް އޭ ގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ ހަތަރު މެޗުން 7 ޕޮއިންޓެވެ. މުބާރާތުގައި މިހާތަނަށް ޕީއެސްޖީ ކޮޅަށް ލަނޑެއް ވަދެފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ