ވާދޫން ލޯންޗެއް ގެއްލިގެން ހޯދަނީ

ރ. ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ލޯންޗެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައިއޮތް ރަޖިސްޓްރީ ނަންބަރު: (E5518B-02(09-A ނާނު-1 ނަމަކަށްކިޔާ މި ލޯންޗު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

"މި ލޯންޗު އެންމެ ފަހުން ފެނިފައިވަނީ 2019 ނޮވެމްބަރު 24 ވަނަ ދުވަހުގެރޭ 20:00 އެހާކަންހާއިރު ވާދޫ ފަޅުތެރެއިން." ފުލުހުން ވިދާޅުވިއެވެ.

މި ލޯންޗާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ނުވަތަ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791508 ނުވަތަ ޕޮލިސް ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ