ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޑީއާރުޕީ މެންބަރު ޢަބްދުﷲ ޖާބިރުއަށް، "ބީޓޮލަޖީ ސްޓޫޑިއޯ"ގެ މަޝްހޫރު ދިވެހި ލަވަ "ހަސްކާ" ރީތިވެއްޖެއެވެ.
އެކަން ހާމަކޮށް ޖާބިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، "ހަސްކާ" ވަރަށް ރީތިވެގެން މިއަދު ޖަހާލެވުނު ކަމަށެވެ.
"ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ! ކުރިއެރުމުން ބުނާނެއޭ، މަގެ މޭން އެކޭ، އަތެއް ނުވާނެޔޭ! ވަރަށް ރީތިވެގެން މިއަދު ޖަހާލެވުނު ލަވައެއް." ޖާބިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Kurin bunee nuvaane ey!
— Abdulla jabir (@chairmanjabir) November 26, 2019
Mage hunarah kolly suvaalekey!
Kurierumun bunaane ey!
Mage man ekey, athu nuvaane ey!
??
Varah reethi vegen miadhu jahaalevunu lavaeh ?
ޖާބިރު މިހެން ވިދާޅުވިއިރު، ޖާބިރުގެ ދާއިރާގައި ކޭބަލް ކާރު އެޅުމުގެ ބިޔަ މަޝްރޫއުގެ ސާވޭއަށް ބޭރުގެ އިންވެސްޓްރުން ވަނީ ރާއްޖެ އައިސް މަސައްކަތް ފަށާފައެވެ. އަދި ޖާބިރު އެއާޕޯޓްގެ ނަމުގައި ކާށިދޫގައި އެއާޕޯޓް އަޅުއްވާނެކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ކާމިޔާބިކަމާއެކު ގާފަރު ދާއިރާގައި ކޭބަލް ކާރު ޕްރޮޖެކްޓް ހިންގޭނެ ކަމަށް ބޭރުގެ ކުންފުނިން ވަނީ ބުނެފައެވެ. ޖާބިރުގެ މަޖިލިސް ކެމްޕޭން ވައުދުގެ ތެރޭގައި ހިމެނޭ އެއާޕޯޓާއި، ކޭބަލް ކާރު ޕްރޮޖެކްޓަކީ ގިނަ ބައެއްގެ ސަމާލުކަން ލިބި، އެތައް ބަޔަކު ފާޑުވެސް ކިޔާ ވައުދުތަކެކެވެ.





2 Responses
ޖާބިރު އިޒް ބެސްޓް
ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ! ކުރިއެރުމުން ބުނާނެއޭ، މަގެ މޭން އެކޭ، އަތެއް ނުވާނެޔޭ! ވަރަށް ރީތިވެގެން މިއަދު
ޖަހާލެވުނު ލަވައެއް.” ޖާބިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
??