މާކޯ ރޮއީސް - ފޮޓޯ؛ ޓުދަލޭންއެންޑްބޭކް.ކޮމް

ޓޮޓޭންހާމް ޙައިރާންކޮށްލަން ތައްޔާރު – މާކޯ ރޮއީސް

މިހާރު ޓީމު މިއޮތީ ނާދިރު ކަންކަންވެސް ޙާސިލުވާނެ ފަދަ ހާލަތެއްގައި ކަމަށާއި ޗެމްޕިއަންސް ލީގުގައި ޓޮޓެންހާމްގެ މައްޗަށް ކުރި ހޯދައި ޓޮޓޭންހާމް ޙައިރާންކޮށްލަން ތައްޔާރަށް އޮތްކަމަށް ޑޯޓުމުންޑްގެ މާކޯ ރޮއީސް ބުނެފިއެވެ.

މާކޯ ރޮއީސް ޓޮޓޭންހާމްއަށް އިންޒާރުދެމުން، މީގެ ކުރިންވެސް ވެސްޓްފަލޭންސްޓޭޑިއަންގައި އެކަން ކުރިކަމަށާއި އެތަން އޮތީ އެކަމަށް ތައްޔާރަށްކަމަށާއި އަނެއްކާވެސް އިދިކޮޅު ޓީމު ޙައިރާންކޮށްލަން ނިކުމެ ހުރިކަމަށް ރޮއީސް ބުނެފައިވެއެވެ.

2011 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއާ ހަމައަށް ޑޯޓުމުންޑް ދަތުރުކޮށްފައި ނުވާއިރު މިއަހަރުގެ  ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޓޮޓޭންހާމްގެ އަތުން ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ރޮއީސް މިހެން ބުނެފައިވާއިރު ޑޯޓުމުންޑަށް ބާރު ލިބެނީ މިސީޒަންގެ ގްރޫޕް ސްޓޭޖްގައި 4-0 ގެ ނަތީޖާއިން އެތުލެޓިކޯގެ މައްޗަށްކުރި ހޯދި މެޗުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޑޯޓްމުންޑް އަދި ޓޮޓޭންހާމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ