ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މި އަހަރުވެސް ހިމެނިވަޑައިގެންފިއެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓަކީ، އުރުދުންގެ ދިރާސާ ގުރޫޕެއް ކަމަށްވާ "ދަ ރޯޔަލް އިސްލާމިކް ސްޓެޓެޖިކް ސްޓަޑީޒް ސެންޓަރުން" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ލިސްޓެކެވެ.
ޑރ. ޝަހީމް އަކީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރުކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ، ވަކީލުކަން ކުރުމުގެ ހުއްދަ ލިބިވަޑައިގެން ހުންނެވި ޤާނޫނީ ވަކީލެއްގެ އިތުރުން ހާފިޒެކެވެ.
ސިޔާސީ މައިދާނުން ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ފެނިފައިވާ ޑރ. ޝަހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކާއި، ވަޤްފު ފަންޑު އަދި ހައްޖު ކޯޕަރޭޝަން އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައިވާ ޝަހީމް ވަނީ ދީނީ އެކި ފޮތްތައް ނެރުއްވައި، ނުވަ ޤައުމެއްގައި ދީނީ ތަފާތު ފޯރަމްތަކުގައި ތަޤްރީރުކުރައްވާފައެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ.
މީގެ ކުރިންވެސް ޑރ. ޝަހީމް ވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓުން ޖާގަ ހޯއްދަވާފައެވެ.
ހިޔާލު
ފިރުއައުނަކީވެސްނުފޫޒުގަދަމީހެއް.