19-2018 ގެސީޒަނަށްފަހު ރެއަލްމެޑްރިޑާ ޙަވާލުވާން ތައްޔާރަށްހުރި ކަމަށާއި އެދޮރު ރެއަލްވަނީ ހުޅުވިފައިކަމަށް މޮރީނިއޯ ހާމަކޮށްފިއެވެ.
ރެއަލްމެޑްރިޑާ މިހާރު ޙަވާލުވެގެން ހުރި ސޮލާރި ވަޒީފާ ދިފާޢުކުރަން ބޭނުންނަމަ މިއަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކޮންމެހެން މަޖުބޫރުކަމަށް ރިޕޯޓްތައްބުނެއެވެ.
ވާދަވެރި ބާސާޔާ އެންމެފަހުން ބައްދަލުކުރި ތިން މެޗުންވެސް ބަލިވެފައިވާއިރު މިބަލި ތަކުގެ ނަތީޖާއަކަށްވީ ކޮޕަ ޑެލް ރޭއިން ކެޓުމާއި މިއަހަރުގެ ލަލީގާއަށް އޮތް އުންމީދު ކުޑަވުމެވެ.
ޓޮޓޭންހާމްގެ މައުރީސިއޯ ޕޮޗެޓިނޯ ނުވަތަ ޖުވެންޓަސްގެ މަސިމިލިއާނޯ އަލެގްރީ ނުވަތަ ޖަރުމަނުގެ ޖޮއަކިމް ލޯ މިމަޤާމަށް ގެންނާނެކަމަށް ބެލެވޭއިރު، ޔޫރަޕްގެ ޗެމްޕިއަން ޓީމަށް އެނބުރި އަންނަށް ބޭނުންކަމަށްބުނެ މޮރީނިއޯ މިވަނީ ވާހަކަ ދައްކާފައެވެ.
ކުރިން މަސައްކަތް ކުރި ކްލަބެއް ނަމަވެސް އެމީހުންގެ ސްޓްރަކްޗާޔާއި، މަޤްސަދު ރަނގަޅުވެފައި އެއީ ރަނގަޅު ކްލަބެއްނަމަ އެކްލަބަކަށް ދާން އެއްވެސް މައްސަލައެއް ނޯންނާނެކަމަށް ބީންސްޕޯޓްސްއަށް މަޢުލުމާތު ދެމުން މޮރީނިއޯ ބުނެފައިވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގައެވެ. 2010 ން 2013 އަށް މޮރީނިއޯ ރެއަލްމެޑްރިޑަށް ކޯޗުކޮށްދީފައިވާއިރު އެއް ލަލީގާއާއި އެއް ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްދީފައިވެއެވެ.