މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
އެންއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ އަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ ގެ އުތުރުއަވަށާއި ބައެއް މަގުތަކުގައި މިއަދު ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމަށް އެންއެންޑީއެފް ސައިތު އޭރިއާ ގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ތިނަދޫގައި ފެން ބޮޑުވެފައިވާ އިރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. މިއަދު ދެކުނުގެ އަތޮޅުތަކަށް ނެރެފައިވާ އެލާޓްގެ މުއްދަތު ވަނީ ދެފަހަރު ދިގުކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ފަހުން ނެރެފައިވާ ޔެލޯއެލާޓްގައި ބުނެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު 15:00 އިން ފެށިގެން 17:30 އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ.