ގްރިޒްމަންގެ ދިފާޢުގައި ސުއަރޭޒް

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއާއި ގުޅުނު އެންޓޮއިން ގްރިޒްމަންގެ ދިފާޢުގައި އެކްލަބަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް ނުކުމެއްޖެއެވެ.

ބާސެލޯނާއާއި ގުޅުނު ފަހުން ގްރިޒްމަންގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިނުވިނަމަވެސް، އޭނާ މިހާރުވެސް އަންނަނީ ބާސެލޯނާގެ ކުޅުމަށް ހޭނެމުންނެވެ. ޗެމްޕިއަންސް ލީގުގައި އެންމެފަހުން ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ގްރިޒްމަންވަނީ އެކަން ސާބިތުކޮށްދީފައެވެ. 3-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި އެމެޗުގައި ގްރިޒްމަން 1 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ލަލީގާގައި މިހާތަނަށް ހަތަރު ލަނޑު ގްރިޒްމަން ކާމިޔާބުކޮށްދީފައިވާއިރު، ސުއަރޭޒް ބުނީ ބާސެލޯނާއަށް އައިސް އަސްލު ފޯމަށް އަންނަން ކޮންމެ ކުޅުންތެރިއަކަށްވެސް ދުވަސް ނަގާނެކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކަށް ބާސެލޯނާގެ ފެށުން ފަސޭޙައެއް ނުވާނެ. ބާސެލޯނާގެ ކުޅުން ދަސްވާން ދުވަސް ނަގާނެ." ގްރިޒްމަންގެ ދިފާޢުގައި ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.

މީގެއިތުރުން ސުއަރޭޒް ބުނީ، ކުރިން ކުޅުނު މަޤާމަށް ނޫން އެހެން މަޤާމަކަށް ބާސެލޯނާގައި ގްރިޒްމަން ކުޅެމުން އަންނައިރު، އެމަޤާމަށް ފިޓްވާން ގްރިޒްމަން ނުހަނު ގިނަ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ބާސެލޯނާއަށް ބަދަލުވީ، އެކްލަބުން ކުޅޭ ސްޓައިލަށް ފިޓްވުމަކީ އުނދަގޫކަމެއްކަށް އެނގިހުރެކަމަށް ޚުދު ގްރިޒްމަންވެސް މީގެކުރިންވަނީ ބުނެފައެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއާއި ގުޅުނު ގްރިޒްމަން ބާސެލޯނާއާއެކު ހަދާފައިވަނީ 5 އަހަރުގެ ކޮންޓްރެކްޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ