އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރ ނަޙުލާ ތަޤުރީރު ކުރައްވަނީ - ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

އައިއެމްއޯގައި ދިވެހި ބަހުން ފުރަތަމަ ފަހަރަށް ތަޤުރީރު ކުރެއްވި މިނިސްޓަރަކަށް ނަހުލާ

އިންޓަރނެޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ތަޤުރީރު ކުރައްވައިފިއެވެ.

ލަންޑަންގައި ހުންނަ އައިއެމްއޯ މައި މަރުކަޒުގައި، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާ އެއޯގަނައިޒޭޝަންގެ 31 ވަނަ ޢާންމު ބައްދަލުވުމަކީ އައިއެމްއޯގެ އެންމެ މަތީ ގުނަވަނެވެ.

ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވާ މި ބައްދަލުވުމުގައި ކުރިޔަށް ރޭވިފައި ހުރި ޕްރޮގުރާމުތައް ރޭވުމާއި، ބަޖެޓު ފާސްކުރުމާއި، އައިއެމްއޯ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމުގެ ކަންކަން ކުރިޔަށް ގެންދެއެވެ.

ދިވެހި ރާއްޖެއަކީވެސް އައިއެމްއޯގެ ފުރިހަމަ މެންބަރެއްކަމަށްވާއިރު، އައިއެމްއޯ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމަށާއި ދާއިރާއާ ގުޅުން ހުރި ތަންފީޒީ އޮނިގަނޑުތައް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

އައިއެމްއޯގައި ޖުމްލަ 173 ޤައުމު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ