މަޖިލީހުގެ ޖަލްސާއެއްގައި ރީކޯ މޫސަ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

ކަތިވަޅިޔާ މަރިޔަނބާ އަލިފާނާ ޒައްގޫމާ ކިޔަމުން ހިނގިޔަސް ފެހި ކަނީ އެއް ގަލަކުން - ރީކޯ

ކަތިވަޅިޔާ މަރިޔަނބާ އަލިފާނާ ޒައްގޫމާ ކިޔަމުން ހިނގިޔަސް ފެހި ކަނީ އެއް ގަލަކުންނޭ މީހުން ބުނެއުޅޭ ކަމުގައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށް އިޝާރާތް ކުރައްވައި ޖަމީލް ދައްކަވާފައިވާ ވާހަކަ އާއި ގުޅިގެންނެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި ކުރީގެ ރައީސް ނަޝިދު އެކުގައި ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވައި ޖަމީލް ބުނެފައިވަނީ ޚިޔާލް ތަފާތުވިޔަސް އެ ދެ ބޭފުޅުން ކަންކަން ނިންމަވަނީ އެކުގައިކަމަށެވެ. އެގޮތުން ޖަމީލް އިޝާރާތް ކުރައްވާފައިވަނީ ބަޖެޓްކަންތައްތަކަށާއި، ސަރުކާރުން އެކިފަރާތްތަކަށް ދޭ ބަދަލު ދިނުނުމުގެ ކަންތައްތަކުގެ އިތުރުން ޖުޑިޝަރީގެ ކަންކަން ކުރިޔަށްދާ ގޮތަށެވެ.

ޖަމީލް ވިދަޅުވެފައިވަނީ ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސްކަމަށާއި ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައި ކަމަށެވެ.

ޖަމީލް ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރީ ކުރިކަމުގެ ކުއްސާބިތުވެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށް ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވުމާއި ގުޅިގެން އެމަނިކުފާނުގެ ދިފާޢުގައި ނުކުންނަވާފައެވެ. ޖަމީލް އަކީ ޔާމީންގެ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަނަވާ ބޭފުޅެކެވެ.

ޖަމީލްގެ ވާހަކަ އާއި ގުޅިގެން ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ ޚިޔާލު ތަފާތުވާ ފަހަރު ތަކުގަ ކަތިވަޅިޔާ މަރިޔަނބާ އަލިފާނާ ޒައްގޫމާ ކިޔަމުންހިނގިޔަސް ފެހި ކަނީ އެއް ގަލަކުން ކަމަށެވެ.

ރީކޯ މޫސައަކީ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަރިސް ބޭފުޅެކެވެ. އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވުމަށްފަހު އެޕާޓީ ދޫކުރައްވައި ޕީޕީއެމްއާއި ގުޅިވަޑައިގެން ޔާމީން ސަރުކާރުގެ ފަހުކޮޅުގައި ޔާމީންގެ ކެމްޕެއިންގައި ރީކޯ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބު ޔާމީނަށް ނާކާމިޔާބު ވުމާއި ގުޅިގެން ރީކޯ މޫސަ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. މިހާރު ސިޔާސީ މައިދާނުގައި އެހާ ހަރަކާތްތެރިކޮށް ނުފެނުކަމުގައި ވިޔަސް ޤައުމުގައި ހިނގަމުންދާ މުޙިއްމު ކަންތައްތަކާއި މެދު މީސްމީޑިއާގައި ދަނީ ވާހަކަ ދައްކަވަމުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ