އަންނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ގެ މަރުގެ ގްރޫޕްގައި އެންމެފަހުގެ ޗެމްޕިއަންއާއި ދުނިޔޭގެ އެންމެފަހުގެ ދެ ޗެމްޕިއަނުން ހިމެނިއްޖެއެވެ.
ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބާއްވާފައިވާއިވާއިރު، މަރުގެ ގްރޫޕްގެ ގޮތުގައި ފާހަގަކުރެވެނީ ގްރޫޕް އެފް އެވެ. ގްރޫޕް އެފް ގައި ހިމެނެނީ ޕޯޗުގަލް، ޖަރުމަނީ އަދި ފްރާންސްގެ އިތުރުން ޕްލޭ އޮފް އޭ އިން މޮޅުވާ ޓީމެކެވެ. ޕްލޭ އޮފް އޭ ގައި ބައްދަލުކުރާނީ އައިސްލޭންޑް ރޯމޭނިއާ އަދި ބަލްގޭރިއާގެ އިތުރުން ހަންގޭރީއެވެ. ޕޯޗުގަލްއަކީ ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަންއެވެ. އަދި ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ފްރާންސްއެވެ. މީގެއިތުރުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރީ ޖަރުމަނީއެވެ.
The #EURO2020 groups have been drawn! ?
— UEFA EURO 2020 (@EURO2020) November 30, 2019
Which matches are you excited for? pic.twitter.com/CU7SvtNAXq
20 ޓީމެއް މިހާރުވެސް ޔޫރޯ 2020 އަށް ކޮލިފައިވެފައިވާއިރު، ބާކީ ހަތަރު ޓީމު ކަނޑައެޅިގެންދާނީ ޕްލޭ އޮފް މެޗުތަކަށް ފަހުގައެވެ.
ގްރޫޕް - އޭ
- ތުރުކީ
- އިޓަލީ
- ވޭލްސް
- ސްވިޒަލޭންޑް
ގްރޫޕް - ބީ
- ޑެންމާކް
- ފިންލޭންޑް
- ބެލްޖިއަމް
- ރަޝިއާ
ގްރޫޕް - ސީ
- ނެދަލޭންޑް
- ޔޫކްރެއިން
- އޮސްޓްރިއާ
- ޕްލޭ އޮފް ޑީ ގެ ވިނަރ (ޖޯޖިއާ، ބެލަރުސް، މެސެޑޯނިއާ، ކޮސޯވޯ)
ގްރޫޕް - ޑީ
- އިންގްލޭންޑް
- ކޮރޭޝިއާ
- ޕްލޭ އޮފް ސީ ގެ ވިނަރ (ސްކޮޓްލޭންޑް، އިޒްރާއީލް، ނޯވޭ، ސާބިއާ)
- ޗެކްރިޕަބްލިކް
ގްރޫޕް - އީ
- ސްޕެއިން
- ސްވިޑަން
- ޕޮލޭންޑް
- ޕްލޭ އޮފް ބީ ގެ ވިނަރ (ބޮޒްނިއާ، ނޯދާން އަޔަރލޭންޑް، ސްލޮވޭކިއާ، އަޔަރލޭންޑް)
ގްރޫޕް - އެފް
- ޕްލޭ އޮފް އޭ ގެ ވިނަރ (އައިސްލޭންޑް، ރޯމޭނިއާ، ބަލްގޭރިއާގެ، ހަންގޭރީ)
- ޕޯޗުގަލް
- ފްރާންސް
- ޖަރުމަނީ
ޔޫރޯ 2020 ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ. މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ތަފާތު 7 ޤައުމެއްގެ 12 ސިޓީގައެވެ.




