މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އަންނަ އަހަރު ކުޅޭގޮތަށް ހަމަޖެއްސި ނަމަވެސް މުބާރާތުގެ ނަމަށް ބަދަލެއް ނުގެންނާނެކަމަށް ޔޫއެފާއިން ހާމަކޮށްފިއެވެ.
ޔޫއެފާގެ އެގްޒެކިއުޓިވް ކޮމިޓީގެ ވީޑިއޯ ކޮންފެރެންސް ބައްދަލުވުމެއްގައި ޔޫއެފާއިން މިގޮތަށް ނިންމާފައިވާއިރު، ޔޫރޯއަށް 60 އަހަރު ފުރޭ މިމުބާރާތް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ޔޫއެފާއިންއައީ ރާވަމުންނެވެ. އަދި މިނިންމުމަކީ ޔޫއެފާގެ އަސްލު ވިޝަން ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ލިބުނު ފުރުޞަތެކެވެ.
?️ Following the postponement of @EURO2020 to the summer of 2021, the #UEFAExCo has decided that the tournament will still be known as UEFA EURO 2020.
— UEFA (@UEFA) April 23, 2020
Full story: ?
"މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މިއަހަރު މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ތަކެތި ވަނީ ތައްޔާރުކުރެވިފައި، އެހެންކަމުން މުބާރާތުގެ ނަމަށް ބަދަލެއް ގެނެސްފިނަމަ އެހުރިހާ އެއްޗެސްވެސް ބޭކާރު ވެގެންދާނެ. އަދި އަލުން ޖެހޭނީ އެއެއްޗެހި ތައްޔާރުކުރަން." ޔޫއެފާއިން ބުންޏެވެ.
ޔޫރޯއަކީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންއަކީ ޕޯޗުގަލްއެވެ.
ޔޫރޯ 2020 ކުޅެން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ. އެހެންނަމަވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މިމުބާރާތްވަނީ 2021 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ކުޅޭގޮތަށް ފަސްކޮށްފައެވެ.




