ލަލީގާ - މެސީގެ ފަހުވަގުތު ކާމިޔާބުކޮށްދިން ލަނޑާއެކު ބާސެލޯނާ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގައި ކެޕްޓަން ލިއޮނަލް މެސީގެ ފަހުވަގުތު ކާމިޔާބުކޮށްދިން ލަނޑާއެކު ބާސެލޯނާ ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެސީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 86 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭރިއާ ބޭރުން ގޯލްގެ ތިރީކަނަށް މެސީ އޮޅާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެވެ. މިއީ ކެރިއަރުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް މެސީ ޖެހި 30 ވަނަ ލަނޑެވެ.

މެސީވަނީ އެންމެފަހުން ކުޅުނު 10 މެޗުން 11 ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއަށް ލީޑުނަގަން ގިނަ ފުރުޞަތުތަކެއްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ހަމޯސޯއާއި މޮރާޓާގެ ހަމަލާ ފާހަގަކޮށްލެވެއެވެ. މިހުރިހާ ހަމަލާއެއްގެވެސް ހުރަހަކަށްވީ ބާސެލޯނާގެ ކީޕަރު ސްޓެގެންއެވެ. ސްޓެގެންގެ މޮޅުކުޅުމާއެކު އޭނާވަނީ ބައިކޮޅަށް ލަނޑެއް ނުވައްދާ ރޭގެ މެޗު ނިންމާލާފައެވެ.

ރޭގެ މޮޅާއެކު ތިންވަނާގައި އޮތް ބާސެލޯނާ ތާވަލްގެ އެއްވަނައަށް އެރީ ގޯލްގެ ތަފާތުންނެވެ. ބާސެލޯނާއަށާއި ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. ބާސެލޯނާއަށް އެއްވަނަ ލިބެނީ ފައިދާ 1 ގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ