މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ދުލެއް ނުދޭނެކަމަށާއި، ފަހުވަގުތާއި ޖެހެންދެންވެސް ހިތްވަރުކުރާނެކަމަށް އެކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ކުޅުންތެރިންގެ ދިފާޢުނުކުމެ ގާޑިއޯލާ ނުކުމެފައިވާއިރު، ކުޅުންތެރިންގެ ފަރާތުން އަބަދުވެސް ފެންނަނީ އޭނާ ހިތްހަމަޖެހޭފަދަ ކުޅުމެއްކަމަށްވެސްވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ނިއުކާސަލް އަދި ސިޓީ ބައްދަލުކުރު މެޗު އެއްވަރުވުމާއެކު ސިޓީވަނީ ތާވަލްގެ ތިން ވަނައަށް ވެއްޓިފައެވެ. ސިޓީއަށް 29 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް ލިވަޕޫލަށް 40 ޕޮއިންޓްވަނީ ލިބިފައެވެ.
"ކުޅުންތެރިންގެ މަސައްކަތަށް ބަލާލުމުން އަބަދުވެސް މޮޅުވާން މަސައްކަތް ކުރާކަން ހާމަވާނެ. އަހަރެމެންގެ މަސައްކަތް ހުއްޓައެއް ނުލާނަން." ގާޑިއޯލާ ބުންޏެވެ.
މީގެއިތުރުން ގާޑިއޯލާ ބުނީ، ރަނގަޅު ކުޅުމެއް ދެއްކުމުން އަދި ނިމުނީކީ ނޫންކަމަށެވެ. މޮޅުވީ ކިތަށް މެޗުންތޯ ނުބަލާކަމަށްވެސް ގާޑިއޯލާ ބުނެފައިވާއިރު، ބަލަނީ ކުރިއަށް އޮތް މެޗުން މޮޅުވެވޭތޯކަމަށްވެސް އޭނާ ބުންޏެވެ.
އެންމެފަހުގެ ޗެމްޕިއަން ސިޓީވަނީ މިދިޔަ ސީޒަންގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެ ޕްރިމިއާ ލީގުގައި ރެކޯޑެއް ހަދާފައެވެ.



