ވަގަށް ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވެފައިވަނީ ނަކަލު ކޮށްފއިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންތަނޭޝަނަލް އެއަރޕޯޓުން ރާއްޖެއެތެރެވާން މަސައްކަތްކުރި ބިދޭސީއެއް ހުއްޓުވާފައިވާކަމަށެވެ. މިހާދީގާއި ހުއްޓުވާފައިވަނީ އުމުރުން 23 އަހަރުގެ ބިދޭީ ފިރިހެނެއް ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ގިނަ ބަޔަކު ސަޙްސުއޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވާއިރު ސަރުކާރުން ދަނީ މި މައްސަލައަށް ޙައްލެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ