ނޯތު ކޮރެއާގައި ޒަމާނީ އާ ޓައުނެއް ހުޅުވައިފި

ނުރައްކާތެރި ހަތިޔާރު އުފެއްދުމުގައި މައްޝޫރު ނޯތު ކޮރެއާއިން ޒަމާނީ އާ ޓައުނެއް ތައްޔާރުކޮށް އެގައުމުގެ އާމުންނަށް ހުޅުވާލައިފިއެވެ.

ނޯތު ކޮރެއާގެ މީޑިއާ ކޭސީއެންއޭ އިން މި ޓައުނު ސިފަކުރަނީ ޒަމާނީ ސިވިލައިޒޭޝަންގެ ނަމޫނާއެއްގެ ގޮތުގައެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހުޅުވައި ދެއްވި މި ޓައުނަކީ ނޯތު ކޮރެއާގައި މިފަހުން ހިނގުނު ސިނާއީ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ދައުލަތުގެ މީޑިއާއިން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގިނަ ހިދުމަތްތަކާއެކު ހުޅުވުނު މި ޓައުނުގައި 4،000 އާއިލާއަށް އުޅެވޭނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވަނީ މި ޓައުނު ބިނާކުރުމުގައި އުޅުނު މަސައްކަތްތެރިންނަށް އެންމެ އެކަށީގެންވާ މުސާރަ ނުދޭކަމަށެވެ.

ނޯތު ކޮރެއާއަކީ އެގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ފަގީރު ހާލަތުގައި ގައުމުގެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ގައުމެކެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެގައުމަކީ ފުދުންތެރި ގައުމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ