ހަނދަށް ވެއްޓުނު އިންޑިޔާގެ ވިކްރަމް ހޯދީ ނާސާ އިން

ހަނދުގެ އަނދިރި ފަޅިއަށް އިންޑިޔާ އިން ފޮނުވި "ވިކްރަމް ލޭންޑަރ" ގެ ބައިތައް، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެހީތެރިކަމާއެކު ހޯދައިފިއެވެ.

"ޗާންދްރަޔާން 2" ގެ ނަމުގައި އިންޑިޔާ އިން ކުރިއަށް ގެންދިޔަ މިޝަންގައި، ހަނދަށް ޖެއްސުމަށް ފޮނުވި ވިކްރަމްގެ ބައިތައް، ހަނދުގެ ސަތަހައިން ނާސާ އިން ހޯދާފައިވަނީ އެހެން ފަރާތްތަކުގެ އެހީތެރިކަމާއެކުމެއެވެ. އެގޮތުން، މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އިންޑިޔާގެ އިންޖިނޭރެއްކަމުގައިވާ ޝަންމުގާ ސުބްރަމާނިއަން އެވެ.

ކުރި މަސައްކަތްތަކުން ހޯދުނު ގޮތުގައި ވިކްރަމްގެ ބައިތައް ހަލާކުވެ، ބުރައިގެންވަނީ ގޮސްފައެވެ. އަދި މި ބައިތައް، ހަނދުގައި ޖެއްސުމަށް ހަމަޖެހިފައި އޮތް ސަރަޙައްދުގެ ހުޅަނގު އިތުރުން 750 މީޓަރު ދުރަށްވެސް ބުރައިގެން ގޮސްފައިވެއެވެ.

ޗާންދްރަޔާންގެ ނަމުގައި އިންޑިޔާގެ ޖައްވީ އިދާރާ، އިސްރޯ އިން ފެށި މަސައްކަތަކީ އެއިދާރާއިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ މިޝަން އެވެ. ޖުލައި މަހުގެ ތެރޭގައި މި މިޝަން ލޯންޗުކޮށްފައިވާއިރު، މިއީ ތާރީޚީ މަސައްކަތެއްގެ ގޮތުގައި އިސްރޯ އިން އޭރު ފާހަގަކުރިއެވެ.

މި މިޝަންގެ ތެރެއިން ހަނދުގައި ޖައްސަން ފޮނުވި ވިކްރަމް ލޭންޑަރ، ހަނދާ 2.1 ކިލޯމީޓަރާ ހަމައަށް ދަތުރުކުރީ އެއްވެސް މައްސަލައެއް ނުޖެހިއެވެ. ހަނދުގައި ޖައްސަން ވަރަށް ގާތްވެފައިވަނިކޮށް، މައްސަލައެއް ދިމާވެ ވިކްރަމް ވަނީ ހަނދަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ