އިބްރަހިމޮވިޗް އިޓަލީއިން ފެނިދާނެކަމުގެ އިޝާރާތެއް!

އިޓާލިއަން ސީރީއާއިން ފެނިދާނެކަމުގެ އިޝާރާތެއް ސްވިޑަންގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް ދީފިއެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ އިބްރަހިމޮވިޗް މިއަހަރު ނިމުމުން ކްލަބު ދޫކޮށްލަން ނިންމާލާފައިވާއިރު އޭނާއަށް ވަރުގަދް އެތަށް ކްލަބަކުން އަންނަނީ ފާރަލަމުންނެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިޓަލީގެ އޭސީ މިލާންއާއި ނަޕޯލީއެވެ.

"ދާން ބޭނުންވަނީ މެޗުތަކުން މޮޅުވެ، ތާރީޚް އަނބުރާ ގެންނަން ބޭނުންވަފަދަ ކްލަބަކަށް. އިޓަލީއިން ވަރަށް އަވަހަށް ބައްދަލުކުރާނަން." އިޓަލީގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް މީގެކުރިންވަނީ އިޓަލީގެ އިންޓަރމިލާން އަށާއި އޭސީ މިލާނަށްވެސް ކުޅެދީފައެވެ. އަދި މިދުވަސްވަރު ހަތަރު ފަހަރެއްގެ މަތިން ސީރީއާ ތަށި އުފުލާލާފައިވެއެވެ.

އެލްއޭ ގެލެކްސީއަށް މިސީޒަންގައި އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ކުޅެދިން 29 މެޗުން 30 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި އިތުރު 7 ޖެހުމަށްވެސް އޭނާވަނީ އެހީތެރިވެދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ