ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ހުންނާނެގޮތް ރޮނާލްޑޯ ދައްކައިދޭ: ޖޯޖީނާ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތަޢުރީފުކޮށް އޭނާގެ 'ގަލްފްރެންޑް' ޖޯޖީނާ ރޮޑްރިގޭޒް މީސްމީޑިއާގައި މެސެޖެއްދީފިއެވެ.

މިއަހަރު ބެލޮންޑިއޯ ރޮނާލްޑޯއަށް ނުލިބުނުނަމަވެސް އޭނާވަނީ އިޓާލިއަން ސީރީއާގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ.

"ރޮނާލްޑޯއަކީ ކޮންމެ ކަމަކާވެސް ކެރިހުރެ ކުރިމަތިލާ އެފަދަ ދެވަނައެއް ނެތް މީހެއް. މިހާރުވެސް ގިނަ ތަށިތަކެއް ކާމިޔާބުކޮށްފައިވާއިރު ހުއްޓުމެއްނެތި ދަނީ ކުރިއަށް. ޔޫއެފާ ނޭޝަންސް ލީގު، ކޮޕާ އިޓާލިއާ އަދި ސީރީއާގެ އިތުރުން ސީރާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސްވަނީ ހޯދާފަ." ޖޯޖީނާ ބުންޏެވެ.

މީގެއިތުރުން ޖޯޖީނާ ބުނީ، ރޮނާލްޑޯއަކީ ކާކުކަން ހާމަކޮށްދެނީ ހަމައެކަނި ހޯދާފައިވާ ކާމިޔާބީތަކުން ނޫންކަމަށާއި، އެހެންނަމަވެސް ފުޓްބޯޅައަށް އެހުންނަ ޝަޢުޤުވެރިކަމާއި، ކަންކަމުން އަރައިގަންނަން ކުރާ ބުރާ މަސައްކަތުގެ އިތުރުން ޓީމާއެކު އެކުރާ ހިތްވަރަކީ ރޮނާލްޑޯއާއި އެހެން ކުޅުންތެރިއަކާ އަޅާ ނުކިޔޭނެ ކަންކަން ކަމަށެވެ.

ރޮނާލްޑޯއަކީ ދުނިޔޭގެ އެތަށް ބަޔަކަށް ނަމޫނާއެއްކަމަށާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ބެލުމެއްނެތި، އަމިއްލަ ބުރަ މަސައްކަތުން މިގޮންޖެހުންތަކުން އަރައިގަނެ، ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ހުންނާނެގޮތް ރޮނާލްޑޯ އަންނަނީ ދައްކައިދެމުންކަމަށްވެސް ޖޯޖީނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ