އަގުއޭރޯގެ ބަދަލުގައި ގާޑިއޯލާ ބޭނުންވަނީ މާޓިނޭޒް!

މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ސާޖިއޯ އަގުއޭރޯގެ ބަދަލުގައި އިންޓަރ މިލާންއަށް ކުޅެމުން އަންނަ ލަޓާރޯ މާޓިނޭޒް ސިޓީއަށް ގެންނަން އެކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

އަގުއޭރޯއާއެކު އާޖެންޓީނާއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މާޓިނޭޒް މިސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އަންނައިރު، މިސީޒަންގައި އިންޓަރމިލާންއަށް 13 ލަނޑު މިހާތަނަށް ކާމިޔާބުކޮށްދީފައިވެއެވެ.

މާޓިނޭޒް މިސީޒަންގައި ދައްކަމުން އަންނަ މޮޅުކުޅުމާއެކު ދުނިޔޭގެ ބޮޑެތި އެތަށް ކްލަބަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

އަގުއޭރޯ ސިޓީއާއެކު ހަދާފައިވާ އެއްބަސް 2021 ވަނަ އަހަރު ނިމުމަކަށް އަންނައިރު، ސިޓީން އާ ސްޓްރައިކަރެއް ހޯދުމުގެ ގޮތުން މާޓިނޭޒްއަށް ފާރަލަމުންދާއިރު، ސިޓީއަށް ހުރަހަކަށްވާނީ ބޭސެލޯނާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބާސެލޯނާއިންވެސް މާޓިނޭޒްއަށް ޝައުގުވެރިވާކަން ދާދިފަހުންވަނީ ފާޅުކޮށްފައެވެ.

އެގޮތުން މާޓިނޭޒްއާއި ގުޅޭގޮތުން ބާސެލޯނާގެ ޓެކްނިކަލް ޑިރެކްޓަރ އެރިކް އަބީޑާލް ބުނެފައިވަނީ، މާޓިނޭޒްއަކީ ފުރިހަމަ ކުޅުންތެރިއެއްކަމަށާއި، އޭނާ ކުޅުން މިހާރުވެސް ހުރީ އެހެން ލެވެލްއެއްގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ