އީޕީއެލް - އެވަޓަން ބަލިކޮށް ލިވަޕޫލްއިން އާ ރެކޯޑެއް ހަދައިފި

އިންގްލިޝް ޕްރިމިއަ ލީގުގައި ރޭ އެވަޓަން އަތުން މޮޅުވެ ލިވަޕޫލްއިން ކްލަބު ލެވެލްގެ އާ ރެކޯޑެއް ހަދައިފިއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލްއިންވަނީ ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ. މީގެކުރިންވެސް ލިވަޕޫލުން ބަލިނުވެ 31 މެޗު ކުޅެފައިވާއިރު، އެއީ 1987 މެއި އިން 1988 މާރޗްއާއި ދެމެދުގައެވެ.

އެންފީލްޑްގައި ރޭ ކުޅެވުނު މެޗު ލިވަޕޫލްއިން ފަސޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އޮރީގީ ދެލަނޑު ކާމިޔާބުކޮށްފައިވާއިރު، ޝަގީރީ، މާނޭ އަދި ވައިނަލްޑަމް މިއިން ކޮންމެ ކުޅުންތެރިއަކުވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެވެޓަންއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މައިކަލް ކީންއާއި ރިޗާލިސަންއެވެ.

މިސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައި ނުވާއިރު، ލިވަޕޫލް އެންމެ ފަހުން ބަލިވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ޖެނުއަރީ 4 ވަނަ ދުވަހު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބައްދަލުކޮށެވެ.

ރޭގެ މެޗު ލިވަޕޫލްއިން ފައްޓާފައިވަނީ ސަލާޙްއާއި ފިރްމީނޯ ފުރަތަމަ 11 ގައި ނުހިމަހަނައެވެ. އެހެންނަމަވެސް ވަރުގަދަ ހަމަލާތަކެއް މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްކޮށް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 4 ލަނޑު އެވަޓަން ކޮޅަށްޖެހިއެވެ. ދެވަނަ ހާފުގައި ފިރްމީނޯ ކުޅެން އެރުވިނަމަވެސް ސަލާޙް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.

ރޭގެ މޮޅަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ޕްރިމިއާ ލީގުގައި ލިބުނު 100 ވަނަ މޮޅެވެ. ކްލޮޕަށް 100 މޮޅު ލިބިފައިމިވަނީ 159 މެޗުންނެވެ. މިއަދަދަށްވުރެ އަވަހަށް 100 މޮޅު ހޯދި ހަމައެކަނި ކޯޗަކީ މޮރީނިއޯއެވެ. އޭނާވަނީ ޕްރިމިއާ ލީގުގައި އިރުޝާދުދިން 142 ދެމެޗުގެ ތެރެއިން 100 މެޗުން މޮޅު ހޯދާފައެވެ.

ލިވަޕޫލް ތާވަލްގެ އެއްވަނާގައި 43 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ