ޔާމީން އެދެނީ ސަޕޯޓަރުން ތިކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް: ޖަމީލް

ކުރީގެ ރައީސް ޔާމީން އެދިލައްވަނީ ސަޕޯޓަރުން ތިކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެޖެއެވެ.

ޖަމީލް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމިންއާއި މިއަދު ބައްދަލުވެއްޖެކަމަށާއި ޔާމީން އެދިލެއްވީ ސަޕޯޓަރުން ތިކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްކަމަށެވެ. އަދި ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ގޯސް ހުކުމެއްކަމުގައި ޖަމީލް ވިދާޅުވެފައިވާއިރު، މިއީ ޔާމީނުގެ އަޑު ކަނޑުވާލުމަށް ކުރި ޙުކުމެއްކަމަށްވެސް ޖަމީލްވަނީ ތުޙުމަތު ކުރައްވާފައެވެ.

އަދި ޔާމީން ހުރިހާ ރައްޔިތުންގެ ފަރާތުން އެދިލައްވާފައިވަނީ ދީނާއި ޤަޢުމުގެ ދިފާޢުގައި ސާބިތުކުމާއެކު ކެރިހުރެ ކުރިއަށް ދިއުމަށްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ދަޢުލަތުން ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ ކުރި ކަމުގެ ދަޢުވާ އުފުލާފައެވެ. އެދައުވާ ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ