ކައުންސިލަރުންގެ އަދަދު މަދުވެގެން ފަހަކަށް، 33 ޕަސެންޓް އަންހެނުންނަށް

ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކޮށް، އަދި ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެންޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެ ބިލު މިއަދު ފާސްކޮށްފި އެވެ.

އަދި މިބިލް ފާސްކުރީ ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް އިސްލާޙު ހުށަހެޅުމަށް ފަހު އެ ނުހިމަނައި، ކުރިން އޮތް ގޮތަށެވެ.

މިއިސްލާހާއިއެކު 3،000 މީހުންނަށް ވުރެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންނެވެ. މިގޮތުން 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުންނެވެ. އަދި ކައުންސިލް ތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކޮށްފައިވުމާއެކު ފަސް ކައުންސިލް މެމްބަރުން ހުންނަ ރަށްރަށުގައި 2 އަންހެން ކައުންސިލަރުން ތިބެއްޖެއެވެ، އަދި 7 ކައުންސިލް މެމްބަރުން ހުންނަ ރަށްރަށުގައި 3 އަހެން ކައުންސިލަރުން ތިބެންޖެއެވެ.

މަޖިލިހުން ލާމަރުކަޒީ ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަކުރާ ފުރަތަމަ ފަހަރެވެ.

މީގެއިތުރުން 10،000 މީހުންނާއި 30،000 މީހުން މީހުންނާ ދެމެދުގެ އަދަދަކަށް މީހުން ރަޖިސްޓްރީކުރެވިފައިވާ ސިޓީއެއްނަމަ، 6 މެމްބަރުން އިންތިހާބު ކުރަންޖެހޭއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 މެމްބަރުން ކައުންސިލަށް އިންތިޚާބުކުރަންޖެހޭކަމަށްވެސް ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނެވުނު އިސްލާޙުގައިވެއެވެ.

އަދި 60،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކުރެވިފައިވާ ސިޓީއެއްނަމަ، 18 މެމްބަރުން އިންތިޚާބުކުރަންޖެހޭކަމަށްވެސް އެންމެ ފަހުން މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާޙުގައި ވަނީ ބުނެފައެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙުގައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން ނިންމައިފައިވާއިރު، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށްވެސް އިސްލާހުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ