ވަގަށް ނަގާފައިވާ ބައިސްކަލެއްގައި ދިޔަ މީހަކު ފުލުހުންގެ ބެލެމުގެ ދަށަށް

ވަގަށް ނަގާފައިވާ ބައިސްކަލެއްގައި ދިޔަ މީހަކު ފުލުހުންގެ ބެލެމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 05:33 ހާއިރު ކަމަށެވެ.

"ގަލޮޅު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު، ޖަމާލުއްދީން ބުރު ކައިރިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައިސްކަލެއް ދުއްވަމުން ދިޔަ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ވަގަށް ނަގައިގެން ދިވެހި ފިރިހެނަކު ދުއްވި އެ ބައިސްކަލް މިހާރު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ބައިސްކަލާއި ސައިކަލް ވަގަށް ނެގުން އިތުރުވެފައިވާއިރު، އެފަދަ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ