ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅު ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު ކުރަމުންދާ މުޒާހަރާގެތެރެއިން ރޭ ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ރޭގެ މުޒާހަރާގައި ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، އޭގެތެރެއިން ދެ މީހަކަށް ކޯޓުން މިއަދު ވަނީ ފަސް ދުވަހުގެ މުއްދަތު ޖަހައިދީފައިކަމަށެވެ. އަދި އަނެއް ފަސް މީހުން ވަނީ ރޭގައި ދޫކޮށްލާފައިކަމަށް ފުލުހުން ވަނީ ވިދަޅުވެފައެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މި މުޒާހަރާތަކުގައި ބައެއް ފަރާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ދަޢުލަތުން ކުރިޣެ ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީންލޯންޑްރިންގެ ކުއް ސާބިތުވެ އެ މަނިކުފާނުވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.