ސިޔާދީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ޤައުމީ ޚިދުމަތެއް ނޫން ކަމުގައި ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައިމިވަނީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަ ފުޅަށް ރައްދުދެއްވައެވެ.
ސްޕްރީމްކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަޤާމަށް މަރުކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އަށްޔަން ކުރެއްވުމަށް ބަހުސް ކުރެއްވުމުގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މިހާރު ކުރަންޖެހޭ އެންމެ މުޙިންމު ކަމަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިފައިވާ ގޮތް ބަދަލުކުރުން ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވަނީ ވިދަޅުވެފައެވެ.
އެގޮތުން މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ރަނގަޅުކަމެއް ނޫންކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފްގެ ވާހަކަ އަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ޖޭއެސްސީއިން ދުރައް ވަޑައިގަތުމަކީ މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑިކަމުގައެވެ.
ނަޝީދު މި ވާހަކައަށް ރައްދު ދެއްވައި ޑރ. މަޖީލް ވިދަޅުވީ ޑިމޮކްރަސީގައި ސިޔާސީ ވެރިން ޝަރުޢީ ދާއިރާ ކޮންޓްރޯލެއް ނުކުރާނެކަމަށާއި ސިޔާސީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ޤައުމީ ޚިދުމަތެއް ނޫންކަމަށެވެ. "އިޞްލާޙަކީ މީހަކަށް ކިޔާ ނަމެއް ނޫން" ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވެފައިވަނީ އެއީ ޢަމަލުން ސާބިތުކުރާ ކަމެއްކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވާކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންއަންނަ ޖަމީލް އިތުރަށް ވިދަޅުވެފައިވަނީ ޑިމޮކްރެސީގައި، ޖޭއެސްސީ ފަދަ ތަންތަން ސިޔާސީ ފަރާތްތަކުގެ މުށުތެރެއަކު ނޯންނާނެކަމަށެވެ.
ޖަމީލް އަންނަނީ ކުރީގެ ރައީސް ޔާމިންގެ ދިފާޢުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.



