ފިހާރައެއް ފަޅާލަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ބޮޑު ފުންގަނޑު މަގުގައި ހުރި ފިހާރައެއް ފަޅާލަން މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ފިހާރަ ފަޅާލަން މަސައްކަތް ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. އެމީހާ ވަނީ ރޭ 03:00 އެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ވައްކަމުގައި އެމީހާއަށް އެ ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވެއެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި އެ މީހާ ފިހާރައަށް ވަންނަން މަސައްކަތް ކޮށްފައިވަނީ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެންނެވެ. ނަމަވެސް އެމީހާއަށް ފިހާރަތެރެއަށް ވަދެވިފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި ފަޅާލަން މަސައްކަތް ކޮށްފައިވަނީ ކޮންނަމެއް ކިޔާ ފިހާރައެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ