ރ. އިނގުރައިދޫ މީހަކު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ބޮޑުކާށިގެ، މުޙައްމަދު ޙުސައިން (42އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މުޙައްމަދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 10 ވަނަ ދުވަހުގެ 11:10 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ފަރާތްތައް ހޯދަން ފޮޓޯ ޢާއްމުކޮށް ފުލުހުން ދަނީ ޢާއްމުންގެ އެހީތެރިކަމަށް އެދެމުންނެވެ.



