ޔުނިކޯންއާ ވައްތަރު މުސަޅު ގެންގުޅޭނެ މީހަކު ހޯދަނީ

ޔުނިކޯން އަކީ އެތައް ބައެއްގެ މެދުގައި ވަރަށް މަޤުބޫލު އެއްޗެކެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، އަންހެނުންގެ މެދުގައި މި ޚިޔާލީ ކެރެކްޓާއަކީ ޚާއްޞަ މަޤާމެއް ދެވިފައިވާ އެއްޗެކެވެ. މިފަދަ އެއްޗެހި އަސްލަށް ހުންނާނެނަމައޭ ހިތަށް އަރާ މީހުންވެސް ބައިވަރެވެ.

އެހެންކަމުން ޔުނިކޯން ދެކެ ލޯބިވާ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. އެއް ދަޅުލީ އަހެއް ނޫންކަމުގައިވިޔަސް، އެއާ ވައްތަރު މުސަޅެއް އެޑޮޕްޓް ކުރުމުގެ ފުރުޞަތު މިއޮތީ ހުޅުވިފައެވެ.

އެމެރިކާގެ ޖަނަވާރާ ބެހޭ މަރުކަޒެއްގައި އުޅެމުންދާ މި މުސަޅުގެ ކަންފަތަށް، އުފެދުމުގައި ދިމާވެފައިވާ ކަމެއްގެ ސަބަބުން، ގިނަ ވަގުތު ފެންނަން ހުންނަނީ ބޮލު މެދުގައި ފަޅާފައި ހުންނަ ދަޅެއްގެ ސިފައިގައެވެ. މިއީ ޔުނިކޯން މުސަޅެއްކަމުގައި މީހުން ބުނަމުންދަނީވެސް މި ސަބަބަބާ ގުޅިގެންނެވެ.

ޖަނަވާރާ ބެހޭ މަރުކަޒުގައި މަސައްކަތްކުރަމުންދާ ކެރޯލް ސްޕްލިންޑާ ބުނެފައިވަނީ މިއީ ފިރިހެން މުސަޅެއްކަމަށާއި، މި މުސަޅު އެޑޮޕްޓް ކުރަން ޖެހޭނީ މުސަޅަށް އެކަށީގެންވާ ސަމާލުކަން ދެވޭނެ އާއިލާއަކުންކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި މުސަޅު އެޑޮޕްޓް ކުރަން އެންމެ އެކަށީގެންވަނީ ބޮޑެތި ކުދިން ތިބި އާއިލާއަކުންކަމުގައެވެ. ސަބަބަކީ އަބަދު ނަގައިގެން ގެންގުޅުމަކީ މި މުސަޅު އެހާ އެދޭކަމަށް ނުވާތީއެވެ.

ހަތަރު އަހަރުގެ މި މުސަޅު މަރުކަޒަށް ގެންގޮސްފައިވަނީ މިސޫރީގެ މަގެއްގައި އުޅެނިކޮށެވެ. މުސަޅު އެޑޮޕްޓް ކުރަން ބޭނުންނަމަ ޖެހޭނީ މިލްޓަން ކޭނެސް އެންޑް ނޯތު ބަކްސް ސެންތަރަށް އަންގާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ