ދެ ދަރިން ގޮވައިގެން ބައިސްކަލުގައި މުޅި ޤައުމު "ކުޑަކޮށްލައިފި"

ބައެއް މީހުންނަކީ އާއްމުކޮށް މީހުންނަށް ކުރަން ނުކުރޭ ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވަ މީހުންނެވެ. މިފަދަ މީހުންނަކީ އަބަދުވެސް "އެޑްވެންޗަރަސް" ކަންކަމާ "ޑޭރިންގ" ކަންކަން ކުރުމަށް ޚާއްޞަ ޝައުގުވެރިކަމެއް ހުންނަ މީހުންނެވެ.

އޮސްޓްރޭލިޔާގައި ދިރިއުޅެމުންދާ ޓަސްމޭނިޔާގެ މި ދެމަފިރިންނަކީވެސް ހަމަ އެފަދަ ބައެކެވެ. ބައިސްކަލުގައި މުޅި އޮސްޓްރޭލިޔާ ކުޑަ ކުރަން އެމީހުން ނިކުތީ ފަސް އަހަރުން ދަށުގެ ދެ ދަރިންވެސް ގޮވައިގެންނެވެ.

ޖާލިގަނޑު ލީ ބައިސްކަލެއްގައި ނިކޮލާ ހިއުސް އަދި އޭނާގެ ފިރިމީހާ އެންޑްރޫ ހިއުސް ފެށި ދަތުރަށް އަހަރެއްވާން ގާތްވަމުންދާއިރު، މިހާރު އެމީހުންވަނީ އޮސްޓްރޭލިޔާގައި ދަތުރުކޮށް، 14،000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މި ދެމަފިރިން ބުނެފައިވަނީ މިއީ އުމުރުގައި އެންމެ ފަހަރަކު ކަހަލަގޮތަކަށް ލިބޭނެ ފުރުސަތެއްކަމުގައެވެ. އަދި އާއްމު ދިރިއުޅުމަށް ފެށުމުގެ ކުރިން، ދަރީންނަށް ކަންކަން ދަސްކޮށްދިނުމަށް އެންމެ އެކަށީގެންވާ ދުވަސްވަރަކީ މިއީކަމަށާއި، މި ދަތުރުގެ ސަބަބުން އެކުދިންނަށް އެތައް އެއްޗެއް އެނގިގެންދާނެކަމަށްވެސް މި ދެ މީހުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެމީހުން ބުނެފައިވަނީ މި ދަތުރުގައި އެމީހުންގެ ދަރިން ކުޅަދާނައީ ހަމައެކަނި ޖިސްމާނޫ ގޮތުން ނޫންކަމަށާއި، މިފަދަ ދަތުރަކަށް އެކުދިން ނަފްސާނީ ގޮތުންވެސް ތައްޔާރުކަމުގައެވެ.

ދަތުރާ ބެހޭގޮތުން ވާހަކަ ދައްކަމުން އެމީހުން އިތުރަށް ބުނެފައިވަނީ ވަރަށް އުނދަގޫ ސަރަހައްދުތަކުންވެސް ދަތުރުކޮށްފައިވާނޭކަމުގައެވެ. އެގޮތުން، ފެނުގެ ދަތިކަން ހުރި ހިސާބުތަކުންނާއި، ފޯނު ރޭންޖު ނުލިބޭ ހިސާބުތަކާވެސް ކުރިމަތިވާކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ހަތްވަނަ ދުވަހު ފެށި ދަތުރު ނިންމާލުމަށް ތައްޔާރުވަމުންދާއިރު، އެންމެ އުނދަގޫވާނީ ދަތުރުގެ ފަހުކޮޅުކަމަށްވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ