ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ފިރިހެން ފުލުހަކު 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާކޮށްފި

ފިރިހެން ފުލުހަކު 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 42 އަހަރުގެ ދިވެހި ފިރިހެން ފުލުހަކު، 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޑިސެމްބަރު 8 ވަނަ ދުވަހުގެރޭ 22:50 ހާއިރު ކަމަށެވެ.

އެ ފިރިހެން މީހާއަށް ޖިންސީ ގޯނާކުރަން އުޅުމުގެ ތެރޭގައި މާރާމާރީއެއް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް، އަދި އޭނާ ވަނީ ވަގުތުން ހައްޔަރުކުރެވިފައި." ފުލުހުން ވިދާޅުވިއެވެ.

ފިރިހެނަކަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެން ފުލުހަކު ހައްޔަރުކުރިކަން ހާމަކުރި ނަމަވެސް، އޭނާ ހައްޔަރުކުރީ ކޮން ތަނަކުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާކުރި ފުލުސް މީހާގެ މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހިޔަލަ

    ޤްރުއާން ޓީޗަރެއްބާ ނޫނީ ޗީޓަރެއްބާ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ