ނޭމާ ޖޫނިއާ

ނޭމާ އަދިވެސް ރެއަލްމެޑްރިޑަށް ބަދަލުވުމުގެ ވިސްނުމުގައި

ކުޅުންތެރިއެއްގެ ޓްރާންސްފާ ވާހަކަ ދައްކާނަމަ އެންމެ ގަދަޔަށް ދެއްކޭނެ އެއްވާހަކައަކީ ހަމަ ޔަޤީނުންވެސް ބްރެޒިލްގެ ނޭމާ ޖޫނިއާގެ ޓްރާންސްފާ ވާހަކައަށް ވާނެއެވެ.

2017 ވަނަ އަހަރު 222 މިލިއަން ޔޫރޯއަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށެވެ. ނަމަވެސް ނޭމާ ރެއަލްމެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށިއިރު ޕީއެސްޖީއަށް ބަދަލުވިތާ މާގިނަ ދުވަސްތަކެއްނުވެއެވެ.

2018 ހިސާބުން ފެށިގެން މީޑިއާ ތަކުގައި ނޭމާގެ ޓްރާންސްފާ ވާހަކަތައް ގަދަވެގެން ދިޔައިރު 2019 ފެށުނީވެސް ނޭމާ އަދި ރެއަލްގެ ވާހަކަތަކުންނެވެ.

މީޑިއާތަކުގެ ނޭމާވެސް ރެއަލްއަށް ދާން ޝައުގުވެރިކަން ފާޅުކުރާއިރު އެންމެ ފަހުން ގްލޯބޯއަށް ދިން އިންޓަވިއުއެއްގައިވަނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމަށް ނުކުޅޭނީ ކާކުހެއްޔޭ ބުނެ ސުވާލު އުފައްދާފައެވެ.

މިއިންޓަވިއުގައި ކުރިއަށްއޮތް ތިން މަސްތެރޭ ކަންތައްވާނޭ ގޮތެއް ނޭނގޭކަމަށާއި ފަހަރުގައި ޕީއެސްޖީ ސަޕޯޓަރުން ހިތްހަމަނުޖެހޭފަދަ އަޑެއްވެސް ފަހަރުގައި އިވިދާނެކަމަށް ނޭމާވަނީ ބުނެފަވެއެވެ.

ރެއަލްމެޑްރިޑަކީ ދުނިޔޭގެ ބޮޑެތި ކްލަބްތަކު ތެރެއިން ކްލަބެއްކަމަށާއި އެކްލަބާ ގުޅުން ހުންނަ ކޮންމެ ކުޅުންތެރިއެއްވެސް އެކުލަބަށް ހިތްކިޔާނެކަމަށާއި އެކަމު މިދައްކަނީ ރެއަލްމެޑްރިޑަށް ބަދަލުވާ ވާހަކަ ނޫންކަމަށް ނޭމާ ބުނެފައިވެއެވެ.

މީގެ އިތުރުން ޕީއެސްޖީ ދޫކޮށްލަން ބޭނުންނުވާކަމަށާއި އެކަމަކު ކުރިއަތް އޮތް ތިންމަސްތެރޭ ކަންތަންވާނޭގޮތެއް ނޭނގޭކަމަށް ލީގު 1 ގައި ޕީއެސްޖީއަށް ކުޅެދިން 13 މެޗުން 13 ލަނޑުޖަހާދީފައިވާ ނޭމާ ބުނެފައިވެއެވެ.

މެސީ، ނޭމާ އަދި ސުއަރޭޒް ބާސެލޯނާގައި

ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ މެސީ އަދި ސުއަރޭޒްގެ ހިޔަނިން ސަލާމަތްވުމުގެ ބޭނުމުގައެވެ. ނަމަވެސް ޕީއެސްޖީއަށް ބަދަލުވެ ސީޒަންގެ ބޮޑުބައި އިންޖަރީގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ނޭމާއަށް ޖެހިފައިވާއިރު ޕީއެސްޖީގެ ކަޅިވަނީ އެމްބާޕޭއަށް ދީއްލިފައެވެ.

މިސަބަބަށްޓަކައި ރޮނާލްޑޯ ނެތްތަން ފޫބައްދަން ބޭނުންވެފައިއޮތް ރެއަލްމެޑްރިޑަށް ނޭމާ ދިއުން ވަރަށް ގާތެވެ.

"ފުޓުބޯޅަ ކުޅުންތެރިއެއްގެ ދިރިއުޅުން ވަރަށް އަވަސް. ކުރިއަށް ކަންތަން ވާނޭގޮތް ބުނެދޭން އެކަކަށްވެސް ނޭނގޭނެ. އަހަރެން މިހުރީ ޕީއެސްޖީގައި. އަދި ރެއަލްމެޑްރިޑަށް ވަރަށް އިޙްތިރާމްކުރަން. އަހަރެން ދެކެމުންއައި ހުވަފެނަކީވެސް ކުރަމުންއައި އުންމީދަކީވެސް ބާސެލޯނާއަށް ކުޅުން. އަހަރެން އެކަންތައްކުރިން. އެންމެންނަށް އެކަން އެނގޭނެ."  ގްލޯބޯއަށް ދިން އިންޓަވިއުގައި ނޭމާ ބުނެފައިވެއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީއަށް ކާމިޔާބުނުކުރެވިއްޖެނަމަ ޕީއެސްޖީ ދޫކޮށް ރެއަލްއަށް ނޭމާ ބަދަލުވުން ވަރަށް ގާތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ