ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިންޓަރމިލާންއާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ހިމަނާފައިނުވަނީ އޭނާއަށް އަނިޔާވެގެން ނޫންކަމަށާއި، ނަމަވެސް އެލްކްލެސިކޯއަށް ރެސްޓްދިނުމުގެ ގޮތުންކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ކުޅުނު ފަސްމެޗުން ލިބުނު 11 ޕޮއިންޓާއެކު ބާސެލޯނާވަނީ ގްރޫޕް އެފް ގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް މިހާރުވެސް ކޮލިފައިވެފައެވެ.
އެލްކްލެސިކޯ މެޗުގައި ވާދަވެރި ރެއަލްމެޑްރިޑާއި ދެކޮޅަށް ބާސެލޯނާއިން ނުކުންނާނީ އަންނަ ހަފްތާގެ ބުދަދުވަހުގެ ރެއެވެ. އެމެޗުގެ ކުރިންވެސް ލަލީގާ މެޗެއް ބާސެލޯނާއިން ކުޅޭއިރު، ރެއަލްސޮސިޑޭޑްއާއި ދެކޮޅަށް ކުޅޭ އެމެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.
ލަލީގާ ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު ބާސެލޯނާއަށާއި ދެވަނާގައި އޮތް ރެއަލްމެޑްރިޑަށްވެސް ލިބިފައިވަނީ
"މެސީއަށް ރެސްޓެއްދެނީ އިތުރު އެހެންކަމެއް ނެތް." ވަލްވާޑޭ ބުންޏެވެ.
މީގެއިތުރުން ވަލްވާޑޭ ބުނީ، މިއީ މެސީ ނުހިމަނައި ބާސެލޯނާއިން ކުޅޭ ފުރަތަމަ ފަހަރު ނޫންކަމަށާއި، މިދިޔަ އަހަރުވެސް މެސީ ނުހިމަނައި ސެންސީރޯގައި ވަރުގަދަ މެޗެއް ބާސެލޯނާއިން ކުޅުނުކަމަށެވެ. އަދި މެސީ ނެތްނަމަވެސް ޓީމުގައި 11 ކުޅުންތެރިން ހުންނާނެކަމަށެކަމާއި، މިއީ އުނދަގޫ އަދި މުހިންމު ޗެލެންޖެއްކަމަށްވެސް ވަލްވާޑޭ ބުންޏެވެ.
އިންޓަރމިލާން ގްރޫޕް އެފް ގެ ދެވަނާގައި 7 ޕޮއިންޓާއެކު އޮތްއިރު، ތިންވަނާގައި އޮތް ޑޯޓުމުންޑަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެހެންކަމުން ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރަން މިރޭގެ މެޗު އިންޓަރމިލާންއަށް ވަރަށް މުހިންމުވާނެއެވެ.




