ޑރ.ޖަމީލް

ސަރުކާރަށް އަހަރެއްވެއްޖެ، ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ؟ - ޑރ. ޖަމީލް

ސަރުކާރަށް އަހަރެއްވެއްޖެކަމަށާއި މާލޭގެ މަގުތަކުގައި ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.

ވާރޭ ވެހި މާލޭގައި ފެންބޮޑުވެފައިވާ ފޮޓޯއެއް ޝެއާކުރައްވައި ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުން އަތުން ނުނަގާ ޓެކުހެއް ނެތްކަމަށާއި، އެހެން ނަމަވެސް، ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް އޮތްގޮތް މިއޮތީކަމަށެވެ. ޖަމީލް ވަނީ ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ؟ ސުވާލު އުފައްދަވާފައެވެ.

އަދި ޖަމީލް ވަނީ މާލޭ ސިޓީ ކައުންސިލަށްވެސް ފާޑު ވިދާޅުވެފައެވެ. "މާލޭ ސިޓީ ކައުންސިލުން ހުރިހާ ކަމެއް ނިމި ދެން އޮތް އިންތިޚާބަށް ތައްޔާރުވަނީ" ޖަމީލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖަމީލް ވިދާލުވެފައިވަނީ މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ ކަންކަން ބޮއްސުންލާފައިވާކަމަށާއި ސަރުކާރަށް ފުރިހަމަ ބާރު ލިބުނަސް ފާއިތުވެދިޔަ ތަނުގައި މާލޭ ސިޓީ ކައުންސިލް އޮތީ ހިނގައިގަންނަންވެސް ނޭނގިފައިކަމަށެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބު ބޯމަތިވުމުން ބަހަނާތައް ދައްކައި ޕްލޭންތައް އޮތް ވާހަކަ އެބަ ދައްކާމަށާއި އެއީ މުޅިން އޮޅުވާލުންކަމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. ކުރީ ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ނަވަމެސް އަދިވެސް މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މަސައްލަ ދަނީ ކުރިމަތިވަމުންނެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު މާލޭ މަގުމަތީގައި ފެންބޮޑުވުމުން އޭރު އިދިކޮޅު ގައި ތިބި އަދި މިހާރު ސަރުކާރު ހިންގަވާ ކޯލިޝަންގެ ބައިވެރިން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެލައްވާފައެވެ. ޚާއްސަކޮށް އޭރުގެ ހައުސިން މިނިސްޓާރ ޑރ. މުޙައްމަދު މުއިއްޒުއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒު ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ