ކުރީގެ ރައީސް ވަހީދުގެ އަނބިކަނބަލުންގެ ގެ ބަލާ ފާސްކުރަނީ

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމްގެ ގެކޮޅު ކަމަށްވާ މާފަންނު ހަވީރީމަންޒިލް ބަލާ ފާސްކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު ބަލާ ފާސްކުރަމުން ދަނީ އިލްހާމްގެ ގެކޮޅެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށެއް ނުދެއެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، ފުލުހުން މިރޭ ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާފަންނުގައި ހުރި ގެއެއް ބަލާ ފާސްކުރަމުންދާ ކަމަށެވެ.

ފުލުހުންގެ މި އޮޕަރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސްކުރަމުން ދަނީ ކުރީގެ ރައީސް ވަހީދުގެ އަނބިކަނބަލުން ދިރިއުޅުއްވާ އެޕާޓްމަންޓު ނޫންކަމާއި، ފާސްކުރަމުންދަނީ އެ އިމާރާތުގައި ހުރި އެހެން އެޕާޓްމަންޓެއްކަން މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. Hassan

    Dhen konbeykaaru vaahaka thakeh surukheega thi liyanee. Maafannu ge eh balaa faaskuraavaahaka liyelinama…….

  2. Mars

    Mohamed waheed Ahmed kiyaa beyfulhaku raahjjeyge verikan kohffa eh nuvey

  3. Mars

    Thi Nan kiyaa raeeseh raahjjeyge verikan kohffa eh nuvey

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ