ފޮޓޯ ޢާއްމުކޮށް ފުލުހުން ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ފޮޓޯ ޢާއްމުކޯށް ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ތަހްޤީގަށް ހޯދާ ދެމީހުން ކަމަށެވެ.
"މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ދޫޑިގަން. ރެޑިއަމްވިލާ، ޢަބްދުއްސަލާމް އިބްރާހީމް (34އ) އާއި ޏ.ފުވައްމުލައް / ހޯދަޑު. ރޫލް، އަމީދު ޢަބްދުﷲ (20އ)" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޢަބްދުއްސަލާމް އިބްރާހީމް އަދި އަމީދު ޢަބްދުﷲ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދިލައްވާ ކަމަށެވެ.